ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. މީދޫ ޓާފް ފުޓުބޯޅަ ދަނޑުގެ މަސައްކަތް އޮކްޓޯބަރު މަހު ފަށަނީ

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރ. މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓާފް ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭނެކަމަށް ރޯޑް ޑިޗެލޮޕްމެންޓްް ކޯޕަރޭޝަންގެ އެމް.ޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

ދަނޑުގެ ސަބް ބޭސް ހެދުމަށް ހަވާލުކޮށްފައިވާ އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައިކޮށްފައިވާ ޕޯސްޓެއްގައެވެ. މި މަސައްކަތުގެ ސަބް ބޭސް ހެދުމަށް އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް މަސައްކަތް ނުފެށި ލަސްވެފައިވަނީ ކޯވިޑާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުންނެވެ.

ދަނޑުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފުވެސް ވަނީ ވިދާޅުވެފައެވެ. މީދޫ ޓާފް ދަނޑަކީ 6 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްޤީ ކުރުމަށް ހަމެޖެހިފައިވާ ދަނޑެކެވެ.