Follow us on
މާލޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދަށް އާއްމުން ނުދިއުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި
| އިބްރާހިމް ރަފްހާން

މާލޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަހައްދަށް އާއްމުން ނުދިއުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

މާލޭގައި އަލިފާން ރޯވެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިމާރާތުގައެެވެ. އެ އިމާރާތަކީ 8 ފަންގިފިލާގެ ބޮޑު އިމާރާތެއްކަމަށް މަޢުލޫމާތުލިބެއެވެ. އަލިފާން ނިންވުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ކުރަމުން އަންނައިރު އެ އިމާރާތާއި އިންވެގެން ހުންނަ ކެފޭއެއްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައިކަމަށް މަޢުލޫމާތުލިބެއެވެ.

މި ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ