ރާއްޖެއިން ޢުމްރާއަށް ގެންދާ ގުރޫޕުގެތަކުގެ ތެރެއިން މިހާރު އެންމެ މަޤުބޫލު އެއް ޤުރޫޕުކަމަށްވާ ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ޓީމެއް މި ހަފްތާ ބަންދުގައި ރ. އަތޮޅަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން އެ ގުރޫޕުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މީދޫ، ދުވާފަރު އަދި އުނގޫފާރުއަށެވެ. އެ ގުރޫޕުން ރާވާފައިވާ އުމުރާ ދަތުރުތަކުގެ މައުލޫމާތު ދިނުމަށާއި، ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަންގެ ކަންކަން މި ދަތުރުގެ ތެރެއިން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads

މީގެ އިތުރުން މީދޫގައި ޒަމްޒަމް ފެން ރަހަ ބަލާލުމުގެ ފުރުސަތާއެކު، ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް ބޮޑު ޒަމްޒަމް ފެން ފުޅިއެއް ހަދިޔާ ކުރާ ގޮތަށް ބުރާސްފަތި ދުވަހުގެ ހަވީރު ހާއްސަ އިވެންޓެއް ކުރިއަށް ގެންދާނެ ކަމަށް އެ ގުރޫޕުން މަޢުލުމާތުދެއެވެ.

ޤިބްލަ ގުރޫޕަކީ 2019 ވަނަ އަހަރު ޚިދުމަތް ދޭން ފެށި ގުރޫޕެކެވެ. އެ ގުރޫޕުން ވަނީ މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ގެންގޮސްފައެވެ.

ޤިބްލަ ހައްޖު އުމްރާ ގްރޫޕުން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން:

  • 4 މާޗު 2024 – 18 މާޗު 2024: 29،500ރ. (ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއިއެކު)
  • 22 މާޗު 2024 – 19 އޭޕްރިލް 2024: 43،000ރ.
  • ޖުލައި މަހު ސްކޫލް ބޮޑު ބަންދާ ދިމާކޮށް އުމްރާއަށް ދިޔުމުގެ ފުރުސަތު: 29،500ރ.
  • އޮކްޓޫބަރު 2024- 29500ރ.
  • ޑިސެމްބަރު 2024- 29500ރ.