ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރ. މީދޫގައި ހޮސްޕިޓަލް އަޅާނެކަމުގެ ޔަޤީންކަން ދީފިއެވެ.

މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ އިސް މިނިސްޓަރެއް މިރޭ ވަނީ ރައީސްގެ ވަޢުދާ އެއްގޮތަށް ހޮސްޕިޓަލް އަޅާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ސަރުކާރުން މީދޫ ހޮސްޕިޓަލް އަޅާނެ ކަމުގެ ޔަޤީންކަން ދީފައި މިވަނީ، މިދޫގެ ބަދަލުގައި ރ. އަތޮޅުގެ އެހެން ރަށެއްގައި ހޮސްޕިޓަލް އަޅަން ނިންމާފައިވާކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ރ. މީދޫ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް މިދިޔަ ސަރުކާރުގެ ފަހު ކޮޅު ވަނީ އާރު.ޑީ.ސީއާއި ހަވާލުކޮށްފައެވެ. ނަމަވެސް ސަރުކާރު ނިމުނު އިރު އެ މަޝްރޫޢުގެ އެއްވެސް ޢަމަލީ މަސައްކަތެއް ފަށާފައެއް ނުވެއެވެ.