ރ. މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ފުޓުބޯޅަ ޓީމާއި ބ. ދޮންފަނު ފުޓުބޯޅަ ޓީމާއި ދެމެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

Ad

މިއަދު ހަވީރު މީދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ޓީމުންނެވެ. މި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ސާޖިދު އަދި ނާޖިހް ޖަމީލްއެވެ. މެޗުގައި ސާޖިދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއީ މީދޫ ޓާފް ފުޓުބޯޅަ ދަނޑު ހެދިފަހުން މީދޫގެ ޖަމްޢިއްޔާއަކުން ރަށުގައި ކުޅުނު މިފަދަ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.