ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެއެވެ.

ރަސްމާދޫ ސިއްޙީ މަރުކަޒުން ބުނެފައިވާ ގޮތުގައި ކޯވިޑަށް ފައްސިވެފައިވަނީ 22 އޯގަސްޓު 2020 ގައި ނެހުނު 3 ސާމްޕަލްގެ ތެރެއިން އެކަކު ކަމަށެވެ. ކޯވިޑަށް ފައްސިވި މީހާ އިތުރަށް މޮނިޓަރ ކުރުމަށް ކަރަންޓީނު ކުރެވިފައިވާކަމަށްވެސް ރަސްމާދޫ ސިއްޙީ މަރުކަޒުން ބުނެފައިވެއެވެ.

ރަސްމާދޫގެ އިތުރުން ރ. ހުޅުދުއްފާރާއި، ދުވާފަރު އަދި އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކުވެސް ވަނީ މީގެ ކުރިން ކޯވިޑަށް ފައްސިވެފައެވެ. އެގޮތުން ރ. ދުވާފަރުން އިއްޔެ ފައްސިވި ހައި ރިސްކް މީހަކު ވަނީ ބ. އޭދަފުށި ކޯވިޑް ފެސިލިޓީއަށްވެސް ބަދަލުކޮށްފައެވެ. މީގެ އިތުރުން ރ. ކިނޮޅަހުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް އައިސް ހުރި ބިދޭސީއަކުވެސް ވަނީ ކޯވިޑަށް ފައްސިވެފައެވެ.