މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީ.ޕީ.އެމް/ޕީ.އެން.ސީ މަޖިލިސް ޕްރައިމަރީގައި މަޑުއްވަރީ ދާއިރާއަށް ވާދަ ކުރުމަށް ފޯމު ހުށައެޅި އެމް.އެން.ޕީގެ ކެންޑިޑޭޓް މުޙައްމަދު ޝިހާމްއަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ޕީ.ޕީ.އެމް/ޕީ.އެން.ސީން ފުރަތަމަ އެމް.އެން.ޕީއާއެކީ ޕްރައިމަރީ ބޭއްވުމަށް އިޢުލާނު ކުރުމާއެކު މަޑުއްވަރީ ދާއިރާގެ ޓިކެޓު ހޯދުމަށް ކުރިމަތި ޝިހާމް ބުނީ، އެ ފުރުސަތު ގެއްލުވާލި ސީދާ ސަބަބެއް ނޭނގޭކަމަށާއި އެމް.އެން.ޕީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ގަސްތުކުރާކަމަށެވެ.

ޝިހާމްގެ ކެންޑިޑެންސީ ބާތިލުވުމާއެކު މި ޕްރައިމަރީގައި ވާދަކުރާނީ ޖުމްލަ 6 ކެންޑިޑޭޓުންނެވެ. އެއީ އަޙްމަދު ޒާހިރު، އަބްދުﷲ ޖާމިޢު، ޠާހާ ހުސައިން، އަންވަރު އިބްރާހިމް، އިސްމާޢިލް ޞާލިހު އަދި އިސްޙާޤު އަޙްމަދުއެވެ.