Follow us on
ރ. ކިނޮޅަހުން ޕޮޒިޓިވްވި ބިދޭސީއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހާގެ ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. ކިނޮޅަހުގައި އެމް.ޑަބްލިޔު.އެސް.ސީގެ މަސައްކަތަކަށް އައިސް އުޅުނު ބިދޭސީއަކު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ބިދޭސީއާއި ޑައިރެކްޓް ކޮންޓެކްޓްވެ އަލާމަތްތަކެއް ފެންނާތީ އެރަށުން ދިވެއްސެެއްގެ ގައިން ނެގި ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކިނޮޅަސް ސިއްޙީ މަރުކަޒުން ރޭގެ ވަގުތެއްގައެވެ. ޕޮޒިޓިވްވި ބިދޭސީއާއި ކޮންޓެކްޓްވި 5 މީހަކު ކަރަންޓީނުކޮށްފައިވާކަމަށާއި ނަގާފައިވަނީ އޭގެ ތެރެއިން އެކަކުގެ ސާމްޕަލްކަމަށް ކިނޮޅަހު ކައުންސިލުން އިއްޔެ މަޢުލޫމާތުދެއްވިއެވެ.

ރ. ކިނޮޅަހުން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސް އަރާ ފޭބުންވެސް މަނާކޮށްފައެވެ. އެހެންނަމަވެސް ކޮންޓެކްޓް ޓްރޭސިންގ ނިންމާ ރޭގެ ވަގުތެއްގައި މޮނިޓަރިންގވެސް އުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ