ރ. ކިނޮޅަހުގައި ކުރިއަށްދާ ޕްރޮޖެކްޓަކަށް އައިސް ހުރި ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލުމަށްފަހު ކޮންޓެކްޓް ޓްރޭސިންގ ހަދާ ނިންމާ މޮނިޓަރިންގ އުވާލައިފިއެވެ.
ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިން ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި 5 މީހަކު ފާހަގަކުރެވިފައިވާކަމަށާއި އޭގެ ތެރެއިން އެކެއްގެ ގައިން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާކަމަށް ކިނޮޅަސް ކައުންސިލުން މަޢުލޫމާތުދެއެވެ.
ކިނޮޅަހުން ޕޮޒިޓިވްވި ބިދޭސީއަކީ އެރަށުގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް އައިސްހުރި ބިދޭސީއެކެވެ.