ކުރިއަރަމުން އަންނަ ލޯންޗް ފެރީ ނަޔާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ތެލެސީމިއާ ކުދިންގެ އަތުން އެއްވެސް އަގެއް ނުނަގާ ހިލޭ ދަތުރު ކުރެވޭ ގޮތަށް ހަދަން ނިންމައިފިއެވެ.

އެ ލޯންޗުން ރޭ މިކަން އާއްމު ކުރުމާއެކު ގިނަ ބައެއްގެ ތައުރީފު އަންނަނީ ނަޔާއަށް ލިބެމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި ނިންމުމަކީ ވަރަށް ރަނގަޅު ހެޔޮ ނިންމުމެކެވެ.

Ad

ނަޔާ ފެރީއަކީ ރ. އަތޮޅާއި މާލެއާއި ދެމެދު ކޮންމެ ދުވަހަކު ގަވާއިދުން ދަތުރު ކުރަމުން އަންނަ އާއްމުންގެ އިތުބާރު ލިބިފައިވާ ފެރީއެކެވެ. މީގެ އިތުރުން ނަޔާއިން ވަނީ ދާދިފަހުން އަރި އަތޮޅާއި މާލެއާއި ދެމެދުވެސް ދަތުރުތައް ފަށާފައެވެ. އަދި އަރި އަތޮޅުން މާލެއަށް ކުރާ ދަތުރުގެ އަގަށް ހެޔޮ ބަދަލެއްވެސް ނަޔާއިން ވަނީ ގެނެސްދީފައެވެ.