މަސްވެރިކަން ކުރުމަށް ނިކުމެ އުޅުން ރ. މަޑުއްވަރީ ރަހުމަތު ދޯނީގެ މަސްވެރިން ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.
”މަޑުއްވަރީ މަސްވެރިން“ ނަމުގައި ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖަކުން ބުނެފައިވަނީ ހުދަންބަރެއް ކަމަށް ބެލެވޭ އެތީގައި 4 ކިލޯ އެބަހުރިކަމަށާއި އެ ދޯނީގެ މަސްވެރިންނަށް މި ފެނިފައިވަނީ މަޑުއްވަރީ ބޮއެގެ ބޭރުންނެވެ.
ހުދަންބަރަކީ މާވަހަރުގެ އެންމެ އަގުބޮޑު ބާވަތެވެ. މީގެ ކުރިންވެސް މަސްވެރިކަމަށް ނިކުމެ އުޅުން އެކި ދޯނިތަކުންވަނީ މާވަހަރު ހޮވާފައެވެ.