Follow us on
ކައުންސިލްގެ ހުއްދަ ނެތި އިޖުތިމާޢީ ސަރަހައްދުތަކުގައި އިންދާފައިވާ ރުއްގަސް 10 ދުވަސް ތެރޭ ނެގުމަށް އަންގައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫ ކައުންސިލްގެ ހުއްދަ ނެތި އިޖުތިމާޢީ ސަރަހައްދުތަކުގައި އިންދާފައިވާ ރުއްގަސް 10 ތެރޭގައި ނެގުމަށް އަންގާ މީދޫ ކައުންސިލުން އިޢުލާނެއް ނެރެފިއެވެ.

މީދޫ ކައުންސިލުން ބުނެފައިވަނީ، އެފަދަ އެކި ސަރަހައްދުތަކުގައި ރުއްގަސް އިންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާކަމަށެވެ. މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މިގޮތަށް ޝަކުވާ އައިސްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަން ކުރުމަށް އައްވާބީން މިސްކިތް ކައިރިން ދޫކޮށްފައިވާ ބިންތައް ކައިރިއާއި ކުރީގެ ޤަބުރުސްތާނު ސަރަހައްދުގެ އިތުރުން އޮޑި ހަރުގެ އަޅާ ސަރަހައްދުކަމަށެވެ.

ކައުންސިލްގެ ހުއްދަނެތި އިޖުތިމާޢީ ސަރަހައްދުތަކުގައި ގަސް އިންދުމަކީ ޤާނޫނާއި ޙިލާފުކަމެއްކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ