މަޑުއްވަރީ ދާއިރާއަށް އުފަން، ދާއިރާގައި ދިރިއުޅޭ، ޢިލްމީ އަދި މަސައްކަތުގެ ދާއިރާގެ ތަޖުރިބާހުރި، އެންމެން ދަންނަ މުޙައްމަދު ޝިހާމް (ޝިހާމްބެ) އަކީ ދާއިރާގައި މަޤްބޫލު ޒުވާނެކެވެ. އުމުރުން 19 އަހަރުގައި ދިވެހި ދައުލަތުގެ ޚިދުމަތް، ތައުލީމީ ދާއިރާގެ ޕްރައިމަރީ ޓީޗަރުކަމުންފަށައި އެދާއިރާގެ އެކިއެކި މަޤާމުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒިންމާދާރު މަޤާމުތަކުގެ އިތުރަށް އިޖުތިމާއީ ޚިދުމަތުގެ ރޮނގުން މަޑުއްވަރީ އެކުވެރިންގެ ކުލަބުގެ އިސް މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރި ޝިހާމް އަކީ ޢިލްމާއި ޙިލްމުގައި އަރާހުރި ދާއިރާގެ ފަޚުރުވެރި ދަރިއެކެވެ.

ޓީޗިންގ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވައިގެން ހުންނެވި ޝިހާމް ފާހަގަކުރެވެނީ، ހަރަކާތްތެރި، އިސްނެގުމާއި މަސައްކަތުގައި ހަލި، ތޫނުފިލި އަދި ދާއިރާދެކެ އިންތިހާއަށް ލޯބިވާ ދަރިއެއްގެ ގޮތުގައެވެ. ކުޑައިރުއްސުރެ އިޖުތިމާޢީ ތަރައްޤީއާއި ތަހުޒީބީ ކަންކަމުގެ ތެރެއިން އުޖާލާ ޒަމާނީ މުޖުތަމައެއް ބިނާ ކުރެއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ޝިހާމަކީ ދާއިރާގެ މައްސަލަތައް ހައްލުކުރުމަށްޓަލައި މިފަހަރުގެ ރޭހުގައި ހުރި ”އެންމެ ސަޅި ޗޮއިސް“ އެވެ.

ދާއިރާގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް، އިޤްތިޞާދީ އައު އުސްމިނަކަށް ގެންދިއުމުގެ ތެރެއިން ދާއިރާއަށް ސިޔާސީ ބާރުވެރިކަން ހޯއްދައި، ޒުވާނުން ބާރުވެރިކުރުވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން މަޑުއްވަރީ ދާއިރާއަށް ބޭނުންވާ އަރުތަ ކަށަވަރުކުރުމަކީ ޝިހާމްގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި މިސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް، ދާއިރާއަށް ކޮންމެހެން ބޭނުންވާ އިންޤިލާބީ ބަދަލާއި، ތަރައްޤީ ގެނައުމަކީ ދާއިރާއާމެދު ޝިހާމް ދެކޭ ހުވަފެނެވެ.

ޝިހާމް ވެގެންދާނީ ހަމަހަމަ ކަމާއިއެކު ދާއިރާގެ ދެރަށުގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާނެ ފުރަތަމަ ކެނޑިޑޭޓަށެވެ. އާދެ! ދާއިރާގެ ރައްޔިތުންނަށް އޮތް ”އެންމެ ސަޅި ޗޮއިސް“ އަށެވެ.

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.