Follow us on
ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ރަސްމީ ވައިބަރ ގުރޫޕު މެދުވެރިކޮށް އާއްމުކޮށްފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ އޮގަސްޓު 7 ވަނަ ދުވަހު ރ. ދުވާފަރަށް ހޯމް ކަރަންޓީނަށް އައިސް ހުރި މީހެކެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށްވެސް ދުވާފަރު ސިއްޙީ މަރުކަޒުން ބުނެފައިވެއެވެ.

މީގެ ކުރިންވެސް ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގ ހާލަތަށްވެސް ލާފައިވާކަން ފާހަގަކޮށްލެވެއެވެ. ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުންގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވެ ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މިހާރުވެސް ކޯވިޑްގެ އެކްޓިވް ކޭސްތައް އެބަހުރިކަމަށް އެޗް.އީ.އޯ.ސީން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ