މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ ނައިބުގެ މަޤާމަށް ރ. މީދޫ ލަކީސްޓަރ، މުޙައްމަދު އާސިމް އައްޔަންކޮށްފިއެވެ.

މުޙައްމަދު އާސިމްއަކީ ރ. މީދޫގެ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އެންމެ އިސް އެއް މެމްބަރެވެ. ޕީ.ޕީ.އެމް/ޕީ.އެން.ސީ ސެނެޓު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު އާސިމްވަނީ މީގެ ކުރިން ރައީސް ޔާމީން ވެރިކަމުގައިވެސް ޔޫތު މިނިސްޓްރީގައި ކޯޑިނޭޓަރެއްގެ މަޤާމު އަދާކޮށްފައެވެ.

މުޙައްމަދު އާސިމް އެ މަޤާމަށް އައްޔަނުކުރިކަން ރައީސް އޮފީހުން އަންގަވާފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.