ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. އަތޮޅު އުތުރު ފެރީ މާދަމާ ދަތުރު ނުކުރާނެ!

ރ. އަތޮޅު އުތުރު ފެރީ މާދަމާ ދަތުރު ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އަލިފުށްޓާއި އުނގޫފާރާއި ދެމެދުގެ ރަށްތަކުގެ މެދުގައި އެމް.ޓީ.ސީ.ސީން ކުރަމުން އަންނަ ފެރީ ދަތުރު މާދަމާއަށް ކެންސަލްކޮށްފައިވަނީ އިންޖީނުގެ މައްސަލައެއް ދިމާވެފައިވާތީ އެކަން ހައްލު ކުރުމަށެވެ.

އުތުރު ފެރީ ދަތުރު ނުކުރިކަމުގައި ވީނަމަވެސް ރ. އަތޮޅުގެ ދެކުނު ފެރީގެ ދަތުރު މާދަމާވެސް ކުރިއަށް ދާނެއެެވެ.