Follow us on
މެމޯ ޕްރިންޓް ކުރުމުގެ ބަދަލުގައި ފޯނަށް އެސް.އެމް.އެސް ދާ ގޮތަށް މީދޫ ސިއްޙީ މަރުކަޒުން ހަދައިފި.
| އިބްރާހިމް ރަފްހާން

ކޯވިޑް 19 އާއި ގުޅިގެން ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭ ހާއްސަ ފިޔަވަޅެއް ގޮތުން ޑޮކްޓަރަށް ދައްކަން ރެޖިސްޓްރީކުރާ މެމޯ ޕްރިންޓި ކުރުމުގެ ބަދަލުގައި ހިދުމަތް ހޯދާ ފަރާތުގެ ފޯނަށް އެސް.އެމް.އެސް އަކުން މެމޯ ފޮނުވާގޮތަށް ހަމަޖެހިފައިވާތީ މަރުކަޒަށް ހިދުމަތް ހޯދަން ދުރުވާއިރު މޯބައިލް ފޯނު ގެނެއުމަށް ސަމާލުކަން ދިނުމަށްވެސް ސިއްޙީ މަރުކަޒުން އެދިފައިވެއެވެ.

ސިއްޙީ މަރުކަޒުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން އާއްމުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްޙީ މަރުކަޒުން ނިންމާފައިވާކަމަށެވެ. މިގޮތުން މާސްކް ބޭނުން ކުރުމާއި މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތަކަށް ޒިޔާރަތް ކުރުން މެދުކަނޑާލުމާއި މަރުކަޒުގެ ޕޯޓިކޯގައި ބެހެއްޓިފައިވާ ސިންކުން އަތްދޮވުމަށްފަހު ހިދުމަތް ހޯދެއްވުމަށް ސަމާލުކަން ދިނުމަށްވެސް ސިއްޙީ މަރުކަޒުން އެދިފައިވެއެވެ.

ރާއްޖޭގައި ކޯވިޑް 19 ގެ ހާލަތު ކުރިއަށްވުރެ ގޯސްވެފައިވާއިރު ސިއްޙީ ހިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންވަނީ މުހިއްމުކަމަށް ވެފައެވެ.

ޚިޔާލު ފާޅުކުރައްވާ