Follow us on
ރ. މީދޫ ކައުންސިލް އިދާރާއަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަނީ
| އިބްރާހިމް ރަފްހާން

ރ. މީދޫ ކައުންސިލަށް ވޭޖް އުސޫލުން މަސައްކަތް ކުރާނެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަން އިޢުލާންކޮށްފިއެވެ.

ކައުންސިލުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވަގުތީ މުަވައްޒަފުގެ މަޤާމުގެ މުއްދަތަކީ 26 އޮގަސްޓް 2020 އިން 8 ނޮވެމްބަރު 2020 ކަމަށެވެ. މި ވަޒީފާގެ މުސާރައިގެ ގޮތުގައި 4465.00 ރުފިޔާ ދިނުމަށް ހަމެޖެހިފައިވާއިރު ސާރވިސް އެލަވަންސްގެ ގޮތުގައި 1500.00 ރުފިޔާ އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި 700.00 ރުފިޔާ ލިބޭނެއެވެ.

މި މަޤާމުގެ ޝަރުތުތަކަކީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން “ޑީ” ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުމެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓައިވިއުކޮށްގެންކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

މި ވަޒީފާއަށް އެދި ހުށައަޅާ ފޯމު މީދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި ވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 23 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

ޚިޔާލު ފާޅުކުރައްވާ