ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖު މިފަހަރުވެސް ރ. އުނގޫފާރުގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުނގުފާރުގައި މުބާރާތް ކުރިއަށް ގެންދަން ނިންމީ މުބާރާތުގައި ބައިވެރިވެފައިވާ އެހެން އެއްވެސް ރަށަކުން މުބާރާތް ހޯސްޓު ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކަކީ، މިދިޔަ އަހަރުގެ ޗެމްޕިއަން ދުވާފަރު، އިނގުރައިދޫ، މީދޫ، އަލިފުށި، އުނގޫފާރު، އިންނަމާދޫ، މަޑުއްވަރީ އަދި ރަސްމާދޫއިންނެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.