Follow us on
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އިބްރާހިމް ރަޝީދު ކުރިމަތިލައްވައިފި
| އިބްރާހިމް ރަފްހާން

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް ރ. މީދޫ ބްލެކް، އިބްރާހިމް ރަޝީދު ކުރިމަތިލައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވަމުން ގެންދަވާ އިބްރާހިމް ރަޝީދުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުކަމަށް 40 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަން ކުރެއްވި ޝަހީދު މުހައްމަދުގެ އިތުރުން މެންބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިން އާއި އިބްރާހިމް ޝަހީގުގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.

މި މަޤާމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން 4 ބޭފުޅަކު ހޮވުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުން އެ ބޭފުޅުންނާއި އިންޓަވިއުކުރުމަށް ފަހުގައެވެ. މި މަޤާމަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ރަޝީދަކީ މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ