މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށެވެ. މެޓު އޮފީހުން ބުނެފައިވަނީ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ 11:45 އިން 15:00 އަށެވެ.