ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ލެބަނާންއަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ހާއްސަ ހަރަކާތެއް

ލެބަނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާ ގިނަ ބަޔަކަށް ގެއްލުން ވުމާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފޭސްބުކް ޕޭޖުގައި މިކަން އިޢުލާންކޮށް ބުނެފައިވަނީ މި ކެމްޕެއިނަށް ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ފަސްޓް އެއިޑް އަދި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށާއި ވަގުތީ ގެދޮރު، ބޭސްފަރުވާއާއި ސައިކޮލޮޖިކަލް ސަޕޯޓް ފޯރުކޮށްދިނުމަށާއި ގެތަށް އަލުން މަރާމާތުކޮށް ދިރިއުޅުން އަލުން ފެށުމަށް އެހީތެރިވުމަށްކަމަށެވެ.

މި ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން

ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000026259 އަށް ފައިސާ ފޮނުވުމަށް އެ ފަރާތުން އެދެއެވެ. މި ޕްރޮގުރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 9122121 މި ނަމްބަރަށް ގުޅުއްވުމަށްވެސް އެދިފައިވެއެވެ.