Follow us on
ހއ. އަތޮޅު ތ. އަތޮޅަށް ހުދު ސަމާލު!
| އިބްރާހިމް ރަފްހާން

ބޯކޮށްވާރޭވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށްވާރޭ ވެހުމުގެ އިތުރުން ގުގުރާނެކަމަށް ލަފާ ކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށެވެ.

ހުދު ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން ފެށިގެން 16:00 އާއިހަމައަށެވެ.

ރޭން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ