މޯލްޑިވްސް މީޑިއާ ކައުންސިލްއިން ހޮވާ 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމަށް ވާދަކުރާ ހަތަރު ނޫސްވެރިންގެ ތެރޭގައި ރ. މީދޫއަށް ނިސްބަތްވާ ޒުވާން ނޫސްވެރިޔާ އާސިމާ ނިޒާރު ހިމެނިއްޖެއެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސް، ހަވީރު ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތް އާސިމާ މިހާރު މަސައްކަތް ކުރަމުން އަންނަނީ މިހާރު ނޫހުގައި ސަބް އެޑިޓަރުގެ މަޤާމުގައެވެ. އާސިމާއަކީ ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ނޫސްވެރިއެކެވެ. އާސިމާއާއެކު މި މަޤާމަށް ދެން ވާދަކުރަނީ ވަގުތު ނޫހުގެ މުޙައްމަދު ޔާމީން، އަދަދު ނޫހުގެ ނާޒިމް ހަސަން، ދައުރު ނޫހުގެ އައިމިނަތު ޝިފްލީން އަދި ވަން އޮންލައިންގެ މުހައްމަދު ސިމާއުއެވެ.
މިފަހަރު އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމަށް ހޮވޭ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ މާކްސް، އިންޓަވިއު އަދި ޕްރެެންޓޭޝަން، ތަޢުލީމާއި ތަޖުރިބާ އަދި އާއްމުންގެ ހޮވުމުންނެވެ. އާއްމުންގެ ވޯޓަށް ޖުމްލަ ފަނަރަ އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޤާމަށް އާސިމާ ނިޒާރަށް ވޯޓު ދިނުމަށް JY (SPACE) AN ޖެއްސެވުމަށްފަހު އެސްއެމްއެސް ކުރައްވާނީ 4244 އަށެވެ.