ރ. އުނގޫފާރުން މާލެ ފޮނުވާލި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގގެ ހާލަތަށް ލައިފިއެވެ.
މޮނިޓަރިންގ ގެ ހާލަތަށް އެރަށް ލުމާއެކު ވަކި ގޮތެއް އަންގަންދެން އެރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އުނގޫފާރު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ސިއްޙީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ޅ. އޮޅުވެލިފުށި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މާލެ ގެންގޮސް ހެދި ސާމްޕަލްއިންނެވެ.
އެ މީހާގެ ދެ ސާމްޕަލްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.