Follow us on
ރ. މީދޫ ހަޒާރު ބޯޓު ގެ ފުރަތަމަ މާލެ ދަތުރު މާދަމާ!
| އިބްރާހިމް ރަފްހާން

ރ. މީދޫ އާއި މާލެއާއި ދެމެދު ބޯޓު ދަތުރު ކުރަމުން އަންނަ ފަރާތުން ބަނދެފައިވާ އާ ބޯޓު “ހަޒާރު” ގެ ފުރަތަމަ ދަތުރުގައި މާދަމާ މާލެ ދާގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިންވެސް ރ. މީދޫގައި ބޯޓު ދަތުރު ކުރަމުން އަންނަ ފަރާތުން އަލަށް ފަށާ ބޯޓަކީ ގިނަ ހިދުމަތްތަކެއް ލިބޭނެ ބޯޓެއްކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ. އެގޮތުން އާ ބޯޓުގެ މަތީބައިގައި އޭ.ސީ ހަރުކޮށްފައިވާއިރު ތިރީބައިވެސް އޭ.ސީ ކުރުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުރީގައި ދަތުރު ކުރަމުން އައި ‘ޖަޒީރާ’ ބޯޓަށްވުރެ އާ ބޯޓުގެ ދުވެލިވެސް ބާރުވާނެކަމަށް މަޢުލޫމާތުދެއެވެ. ހިތްގައިމު ގޮތަކަށް ފަރުމާކޮށްފައިވާ އާ ބޯޓުގެ ފުރަތަމަ ދަތުރުގައި ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.

ބޯޓުގެ ދަތުރު ފަށާއިރު އެކި ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ބޯޓުގެ ވެރިފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

  1. Boat jassaane Island thah himanaali nama vrh furihamavees 😊

  2. ނަޖާޙް

    ماشاﷲ ޖަމާލުބެގެ ލޮބުވެތި އާއިލާއިން ރަށާއި އަތޮޅުގެ އެހެނިހެން ރަށް ރަށަށުގެ ރައްޔިތުންނަށް ތިޔަދެއްވަމުން ގެންދަވާ ޙިދުމަތަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން ، އަދި ތިޔަކުރައްވާ މަސައްކަތުގައި ﷲ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވާށި .آمين 🤲