ޖުމްލަ 8 ޓީމާއިއެކު މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ މިރޭ ފަށާނެއެވެ. ކޮންމެ ރެއަކުވެސް މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް އޭގެ އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލު ކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހަވާސް ސްޕޯރޓްސް ކުލަބު އަދި ގޯޅިގަނޑު އެސް.ސީއެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ދެޓީމުކަމަށްވާ ލިންކޭޖު ބްރަދާސް އަދި ތަންގަނޑު އެފް.ސީއެވެ.
ދެގުރޫޕަކަށް ބާހާލައިގެން މުބާރާތް ކުޅޭއިރު، ގުރޫޕް އޭގައި ހިމެނެނީ ހަވާސް ސްޕޯޓްސް ކުލަބު، ގޯޅިގަނޑު އެސް.ސީ، އެފްސީ ޔުނައިޓެޑް އަދި ޒެފްރޯސް އެފްސީއެވެ. ގުރޫޕް ބީގައި ހިމެނެނީ ލިންކޭޖު ބްރަދާސް، ތަންގަނޑު އެފްސީ، ގޮއްރާޅު އެސް.ސީ އަދި ގާގަނޑު އެފްސީއެވެ.
މިއަހަރުގެ ކައުންސިލް ފުޓްސަލް ފިއެސްޓާ ހިންގުން ހަވާލުކޮށްފައިވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުއަށެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސާއަކީ ލިޓަސްއެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްރަނަކީ މީދޫ ޓައިމްސްއެވެ.