Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
28 ފެބްރުއަރީ 2021, އާދިއްތަ
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ރިޕޯޓް

އަނަސްގެ އަނިޔާވެރި މަރަށް 3 އަހަރު، އިންސާފުގެ ކޮޅުމަތިވެސް ނުފެނޭ!

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
އަނަސްގެ އަނިޔާވެރި މަރަށް 3 އަހަރު، އިންސާފުގެ ކޮޅުމަތިވެސް ނުފެނޭ!

އެއީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ހަމަ ހިމޭން ރޭގަނޑު މުޅި މީދޫ ސިއްސުވާލީ އެއްވެސް ކުށަކާ ނުލާ ތޫނު ހަންޖަރުތަކަކުން ހަމަލާ ދީ އަނިޔާވެރިކޮށް މަރާލި ޙަބަރައިގެންނެވެ.

މޫނު ފޮރުވައިގެން ތިބި ބަޔަކު އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސްގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާ ދީގެންނެވެ.

އަނަސްގެ އަނިޔާވެރި މަރަށް މިއަދު ބަރާބަރު 3 އަހަރުވެފައިވާއިރު އަދިވެސް މީދޫގެ ހަމަ އެންމެ ރައްޔިތެއްވެސް އަނަސްގެ މަތިން ހަނދާނެއް ނުނެތެއެވެ. ނުވެސް ނެތޭނެއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެންމެން ގޮވަމުން އަންނަނީ އެ އަނިޔާވެރި މަރަށް އިންސާފުވެރި ޝަރީޢަތަކުން އިންސާފު ހޯދަދޭށެވެ.

އަނަސްގެ މަރަށް 3 އަހަރު ވެގެންދިޔައިރު އިންސާފު ލިބޭނެކަމުގެ ކޮޅުމަތިވެސް ނުފެނެއެވެ. ހައްޤަކާއި ނުލާ މަރާލި ފުރާނައެއްގެ މައްސަލަ ކޯޓުގައި ހިނގަމުންދަނީ ބަރަވެލި ދުވެލީގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޝަރީޢަތެއް ތަޢާވަލުކޮށްފިނަމަ ކޮންމެވެސް ސަބަބަކާއި ހުރެ ޝަރީޢަތް ކެންސަލްކޮށްލައެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދަޢުލަތުން ޖުމްލަ 7 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު މި ހުރިހާ މައްސަލައެއްވެސް ކުރިއަށްދަނީ އިންސާފު ނުލިބޭނެކަމަށް ޤަބޫލް ކުރެވޭހާ ދުވެލި މަޑުކޮށްކަން ފާހަގަކޮށްލެވެއެވެ. މިއީ ހުރިހާ އެންމެންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެދުވަހެކޭ އެއްގޮތަށް މިއަދުވެސް އެންމެން ތިބީ އަނަސްއަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ގޮވަމުންދަނީވެސް ހަމަ އެ ގޮވުމެވެ. ﷲ އަނަސްގެ ފުރާނައަށް ސުވަރުގޭ ދާޢިމީ ނިޢުމަތް ދެއްވާ ފާފަތައް ފުއްސަވާށި. އާމީން

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ އެއް ބަޔަކީ ރިޒޯޓު މުވައްޒަފުން!

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ އެއް ބަޔަކީ ރިޒޯޓު މުވައްޒަފުން!

ކުދިން ހިތާނުކުރުމުގައި 20 އަހަރުގެ ތަޖުރިބާއާއެކު ނަސްރުﷲ، މިކަމަށް އެއްވަނައިގެ ބޭފުޅެއް!

ކޮމެންޓުތައް 1

  1. ބޭބެ says:

    ލައިގެންހުރި ގަމީހުގެ ސަބަބުންކަން އެނގުނު މީހާއާއި ސުވާލުކޮށްލާތި

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން