ރ. މީދޫ ކައުންސިލުން ޖުލައި މަހު ބާއްވާ ރައްޔިތުންގެ އާއްމު ބައްދަލުވުން މިރޭ 20:45 ގައި އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.
މީދޫ ކައުންސިލުން ބުނީ، މިރޭގެ ބައްދަލުވުމުގައި އޮންނާނީ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށައަޅާ ޚިޔާލު ހޯދުންކަމަށެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންްސިލްތަކުގެ މައްޗަށް ބާއްވަން މަޖުބޫރުކޮށްފައިވާ ބައްދަލުވުމެކެވެ.
މިރޭގެ މި ބައްދަލުވުމަށް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަޑައިގަތުމަށް ކައުންސިލުން އެދެއެވެ. އަދި ބައްދަލުވުމަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.