މާދަމާގެ ޢީދު ނަމާދު ރ. މީދޫގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް މީދޫ ކައުންސިލުން ނިންމައިފިއެވެ.
މީދޫ ކައުންސިލުންކޮށްފައިވާ އިޢުލާނެއްގައި ބުނެެފައިވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފުޓްސަލް ދަނޑުގައިކަމަށެވެ.
ބޮޑު ޖަމާޢަތުގައި ފުޓްސަލް ދަނޑުގެ އިތުރުން މަސްޖިދުއް ޒިންނޫރައިނިގައިވެސް ޢީދު ނަމާދު ކުރުން އޮންނާނެއެވެ. އަދި މޫސުން ގޯސްވެ މަޢިދާނުގައި ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް އައްވާބީންގައިކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރ. މީދޫގައި މީގެ ކުރިންވެސް 2 ފަހަރަކު މައިދާނުގައި ޢީދު ނަމާދުކޮށްފައިވެއެވެ.