ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓުގެ ހިދުމަތް ރ. މަޑޫއްވަރީގައި ރަސްމީކޮށް އިފްތިތާާހްކޮށްފިއެވެ.
އެ ކުންފުނިން މީޑީއާތަކަށް މަޢުލޫމާތު ދެމުން ބުނީ، އެރަށުގައި މި ހިދުމަތް ތަޢާރަފްކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި ވަކިން ހާއްސަކޮށް އިންޓަނެޓުގެ ހިދުމަތަށް ވަަރަށް ބޮޑަށް ބަރޯސާވެފައިވާ ދުވަސްވަރެއްގައިކަމަށެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތަކީ ކަސްޓަމަރުންނަށް ތަފާތު އަގުތަކެއްގައި ޑޭޓާ އެލެވެންސްތައް ލިބޭ ގިނަ ޕެކޭޖުތަކެއް ހިމެނޭ ހިދުމަތެކެވެ. ދިރާގުން މިހާރު ވަނީ ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީފައެވެ.
ރ. މީދޫގައިވެސް ދިރާގުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި މި ހިދުމަތް ދެމުންނެވެ.