ރ. މީދޫ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައަށްވާ ފައިސާ ޣައްޒާ ފަންޑަށް ހަދިޔާކޮށްފިއެވެ. މިގޮތުން ހުރިހާ މުވައްޒަފުން އެކުވެގެން 72،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

މިކަމުގައި ބައިވެރިވެފައިވާ މުއައްސަސާތަކަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒު، މީދޫ ކައުންސިލް، މީދޫ ހެލްތު ސެންޓަރު، މީދޫ ޕޮލިސް، ފެނަކަ، ބީއެމްއެލް، އަންހެނުންގެ ކޮމިޓީ އަދި މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ޣައްޒާއަށް އެހީވުމުގެ ގޮތުން މީދޫގައި ފަށާފައިވާ ކެމްޕެއިނުގެ ތެރެއިން ބޮޑު ހިނގާލުމެއް ބާއްވާފައިވާއިރު، ހެދިކާ ވިއްކުމުގެ އިވެންޓެއްވެސް ވަނީ ބާއްވާފައެވެ.