އިޒްރޭލުގެ އަނިޔަވެރި ޙަމަލާތަކުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ރ. އަތޮޅު ކައުންސިލުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަަދިޔާ ކުރަން ނިންމައިފިއެވެ.

ކައުންސިލުން މިފަދަ ނިންމުމެއް ނިންމަވާފައިވާކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރ. އަތޮޅު ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފްއެވެ.

ކައުންސިލުން ހަދިޔާ ކުރުމަށް ނިންމާފައިވަނި ޖުމްލަ 105،179 ރުފިޔާއެވެ. މީގެ ތެރެއިން 100،000 ރުފިޔާ އަކީ ކައުންސިލްގެ ބަޖެޓުން ދޭ އެހީއެކެވެ. ބާކީ 5179 ރުފިޔާއަކީ ހޭންޑްބޯޅަ މުބާރާތް ކުރިއަށްދިޔައިރު އެ ސަރަހައްދުގައި ބެހެއްޓުނު ފަންޑުފޮށްޓަށް ލިބުނު ފައިސާއެވެ.