ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ހުރި 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ދެ ބިދޭސީއަކު ޕޮޒިޓިވްވެފައިވާކަން އިނގުރައިދޫ ކައުންސިލް މެމްބަރަކު މީދޫ ޓައިމްސްއަށް އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ދެމީހުން ޕޮޒިޓިވްވެފައިވަނީ ކަރަންޓީނު ނިންމާ ހެދި ޓެސްޓުންކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ.