މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ގުރޫޕު އޭގައި ވަރުގަދަ ހަވާސް އާއި ގޯޅިގަނޑު އަދި ގުރޫޕު ބީގައި ތަންގަނޑު އަދި ގާގަނޑު ހިމެނިއްޖެއެވެ.

ޖުމްލަ 8 ޓީމް ވާދަކުރާ މި މުބާރާތުގެ ގުރޫޕު އޭގައި ދެން ހިމެނިފައިވަނީ އެފް.ސީ ޔުނައިޓެޑް އަދި ޒެފްރޯސް އެފް.ސީއެވެ. ގުރޫޕު ބީގައި ތަންގަނޑު އަދި ގާގަނޑާއެކު ދެން ހިމެނިފައިވަނީ ގޮއްރާޅު އަދި ލިންކޭޖް ބްރަދާޒްއެވެ.

މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ މިރޭ މީދޫ ކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.

މިދިޔަ އަހަރު ބޭއްވި ކައުންސިލް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ހަވާސް ސްޕޯޓްސް ކުލަބުންނެވެ.