އިތުރު 77 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިިންނާއި، 20 ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިޔާ ރައްޔިތެކެވެ.
މިއީ މާލޭގެ ފުރަބަންދު އުވާލިފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.