ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދެވުނު އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފެނަކައިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފެނަކައިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކުލަބު ރ. އޭއީސީގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިގެންނެވެ. ފެނަކަ ޓީމުން މެޗު ކާމިޔާބުކުރީ 1-6 އިންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ޓީމު ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި ފެނަކަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އެކި އަހަރު އެކި މުއައްސަސާތަކުން އިންތިޒާމްކުރާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް މިފަހަރު ކުރިއަށް ގެންގޮސްފައިވަނީ ކުލަބު ރ. އޭއީސީންނެވެ.