Follow us on
ބޯކޮށް ވާރޭވެހި ރ. އަލިފުށީގެ ބައެއް ގެތަކަށް ގެއްލުންވެއްޖެ
| އިބްރާހިމް ރަފްހާން

ބޯކޮށް ވާރޭވެހި ރ. އަލިފުށީގެ ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭން ފެށިގެން ރ. އަލިފުށްޓަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފައެވެ. ބައެއް ގެތަކުގެ ތެރެއަށް ފެން ވަދެފައިވާއިރު ބައެއް ގެތަކުންވަނީ ފެން ވަނުމުން ސަލާމަތް ކުރުމަށްޓަކައި ދޮރުމަތީގައި ވެލި ބަސްތާވެސް ޖަހާފައެވެ.

 މީގެ އިތުރުން މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފުށި ފަޅުތެރޭގައި އޮތް ލޯންޗެއްވެސް ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ދިޔަ ލޯންޗު ފުން ކުރުމުގެ މަސައްކަތް އެރަށު ރައްޔިތުންވަނީކޮށްފައެވެ.

ރާއްޖޭ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެފައިވާއިރު މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30 އާއި ހަމައަށް ހއ. އަތޮޅުން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ