Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
25 ޖެނުއަރީ 2021, ހޯމަ
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ދީން

މިއީ އެންމެ މާތް 10 ދުވަސް! ހެޔޮގޮތުގައި ބޭނުން ކުރައްވާ!

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
މިއީ އެންމެ މާތް 10 ދުވަސް! ހެޔޮގޮތުގައި ބޭނުން ކުރައްވާ!

އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ޞުބުހާނަހޫ ވަތަޢާލާ އަކީ ރަޙްމާންވަންތަ ފަޟްލުވަންތަވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރަޙްމަތް އަޅުގަނޑުމެންނަށް ތަނަވަސްވެގެންވާ ކަމުގެ އެންމެ ފުރިހަމަ އެއް މިސާލަކީ ހެޔޮ ކަމުގެ މޫސުމަކަށްފަހު، ހެޔޮކަމުގެ މޫސުމެއް، ހެޔޮކަމުގެ ދުވަސްތަކަކަށްފަހު، ހެޔޮކަމުގެ ދުވަސްތަކެއް އަޅުގަނޑުމެންނާއި ބައްދަލުވުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލަވަނީ އެކަލާނގެ ޚަލްޤުކުރެއްވި ބައެއް މަޚުލޫޤުން އަނެއްބައި މަޚުލޫޤުންނަށްވުރެ މާތް ކުރައްވާފައެވެ. އެގޮތުން އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އިންސާނާވަނީ އެހެން މަޚްލޫޤުންނަށްވުރެ މާތް ކުރައްވާފައެވެ. އިންސާނުންގެ ތެރެއިން، ރަސޫލުބޭކަލުންނަށާއި ނަބީބޭކަލުންނަށްވަނީ މާތްކަން ދެއްވާފައެވެ. ރަސޫލުބޭކަލުންނަށާއި ނަބީބޭކަލުންގެ ތެރެއިން، މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ވަނީ މާތްކަން ދެއްވާފައެވެ. އެންމެހާ އުއްމަތްތަކުގެ މައްޗަށް މުޙައްމަދު ރަސޫލު ﷲ ﷺ ގެ އުއްމަތްވަނީ މާތްކުރައްވާފައެވެ. އެކަލާނގެ ޚަލްޤުކުރެއްވި މަސްތަކުގެ ތެރެއިން ރަމަޟާންމަހަށްވަނީ އެހެން މަސްތަކަށްވުރެ މާތްކަން ދެއްވާފައެވެ. ﷲ ތަޢާލާ ލެއްވި ރޭތަކުގެ ތެރެއިން ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކަށްވަނީ އިތުރު މާތްކަން ދެއްވާފައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އުފެއްދެވި ދުވަސްތަކުގެ ތެރެއިން ޛުލް ޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަށްވަނީ އިތުރު މާތްކަން ދެއްވާފައެވެ.

އާދެ! އަޅުގަނޑުމެން މިހާރު ވޭތުކުރަމުންމިދަނީ މި ބަރަކާތްތެރި ދުވަސްތަކެވެ. ޛުލް ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ، އެދުވަސްތަކުގެ މާތްކަމާއި މަތިވެރިކަން އަހަރުގެ އެހެން ހުރިހާ ދުވަސްތަކަކަށްވުރެ ބޮޑު ދުވަސްތަކެކެވެ. އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޠްބަސްފުޅެއްގައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ”ޛުލް ޙައްޖު މަހުގެ 10 ދުވަހަށްވުރެ ހެޔޮ ޢަމަލުކުރުމަށް ﷲ ލޯބިކުރައްވާ އެހެން ދުވަސްތަކެއް ނުވެއެވެ. އެހިނދު އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސްތޯއެވެ. ޖަވާބުގައި ރަސޫލާ ﷺ ޙަދީޠް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސްމެއެވެ. އެމީހާގެ  މުދަލާއި މާލައިގެން ނުކުމެ ﷲގެ މަގުގައި ޖިހާދުކޮށް އެއިން އެއްވެސް އެއްޗަކާއި އެއްކޮށް އެނބުރި ނައި މީހާ ފިޔަވައެވެ.“

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. މި ޙަދީޘުންވެސް މި ދުވަސްތަކުގެ މާތްކަމާއި މަތިވެރިކަން އަޅުގަނޑުމެންނަށް އެނގިގެންދޭ ނޫންތޯއެވެ. އެހެންކަމުން މިފަދަ ބަރަކާތްތެރި ދުވަސްތަކެއްގައި ހެޔޮ ޢަމަލުކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަންޖެހެއެވެ. މި ދުވަސްތަކުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ހެޔޮ ޢަމަލުތައްވެސް މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ އަޅުގަނޑުމެންނަށް އުނގަންނަވައިދެއްވާފައެވެ.

އެގޮތުން މިދުވަސްތަކުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ އެންމެ ހެޔޮ އެއް ޢަމަލަކީ ރޯދަހިފުމެވެ. ޛުލް ޙިއްޖާމަހުގެ ފުރަތަމަ 9 ދުވަހު މާތް ނަބިއްޔާ ރޯދައަށް ހުންނެވިކަމަށް ވާރިދުވެގެން އައިސްފައިވެއެވެ. އެހެންކަމުން، އެކަލޭގެފާނުގެ ސުންނަތްދިރުވުމުގެ ގޮތުން، މިމަހުގެ ފުރަތަމަ 9 ދުވަހު ރޯދައަށް ހުރުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މަތިވެރި މާތް އަޅުކަމެކެވެ.

މި 9 ދުވަހުގެ ތެރެއިންވެސް ވަރަށް މާތް އެއްދުވަސް ﷲ ތަޢާލާވަނީ ލައްވާފައެވެ. އެއީ އެދުވަހުގައި އެންމެހާ ހައްޖާޖީން އެ މާތް ބިމަށް އެއްވެ ﷲ ހަޟްރަތުގައި ދުޢާ ދަންނަވާ ދުވަހެވެ. އެއީ އެދުވަހެއްގައި އަޅުތަކުންގެ ދުޢާ އިޖާބަކުރެވޭ ދުވަހެވެ. އެދުވަހަކީ ޝައިޠާނާ ނިކަމެތިވެގެންދާ ދުވަހެވެ. އެއީ މާތްވެގެންވާ ޢަރަފާތް ދުވަހެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެމާތް ބިމަށް އަޅުގަނޑުމެންނަށް ދެވުމުގެ މަގު ބަންދުވެފައިވީ ހިނދު، މި މާތް ދުވަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި، ޢަރަފާތް ދުވަހު ރޯދައަށް ހުރުމަށް ޢަޒުމްކަނޑައަޅަމާ ހިންގަވާށެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ”ޢަރަފާތު ދުވަހުގެ ރޯދައިގެ ސަބަބުން، ﷲ ތަޢާލާ، ވޭތުވެދިޔަ އަހަރާއި ކުރިއަށްއޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.“ ކިހާ މަތިވެރި މާތްކަމެއްތޯއެވެ. އެންމެ ދުވަހެއްގަ ރޯދައަށް ހުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ލިބިގެންދަނީ ކިހާބޮޑު ދަރުމައެއްތޯއެވެ.

މި ދުވަސްތަކުގައި ކުރުމަށް އައިސްފައިވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން އުޟްޙިޔާ ކަތިލުމަކީވެސް، މާތް މަތިވެރި އަޅުކަމެކެވެ. އުޟްޙިޔާ ކަތިލުމަކީ މާތް ނަބިއްޔާ އެކަމެއް ކުރެއްވާ އެކަމެއް ކުރުމަށް ބާރު އަޅުއްވާފައިވާ، ނަބިއްޔާގެ ޞަޙާބީންވެސް ކުރެއްވި މާތްވެގެންވާ ޢަމަލެކެވެ. އުޟްޙިޔާ ކަތިލުމަކީ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހިފައިވާ ގަދަވެގެންވާ ސުންނަތެކެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެކި ޤައުމުތަކުން މައްކާއަށް ދެވޭގޮތް ވެފައި ނުވާތީވެ، އަޅުގަނޑުމެން ޙައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ ފަރާތްތަކުން އަޟްޙާ ޢީދު ދުވަހުގައި އުޟްޙިޔާ ކަތިލުމަކީ ވަރަށްވެސް އެދެވިގެންވާ، ދަރުމަ ބޮޑު ޢަމަލެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި ﷲގެ މަގުގައި ކުރެވޭ ޤުރުބާނީއަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. އެހެންކަމުން، މިއަހަރުގެ އަޟްޙާ ޢީދު ދުވަހުގައި އުޟްޙިޔާ ކަތިލުމަށް ތައްޔާރުވަމާތޯއެވެ.

ޛުލް ޙިއްޖާ މަހުގެ މިމާތް ދުވަސްތަކުގައި، ތަކުބީރުކިޔުމާއި،ތަޙުލީލު ކިޔުމާއި ތަސްބީޙަކިޔުމަކީވެސް ވަރަށް މަތިވެރިވެގެންވާ ސުންނަތެކެވެ. اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْد ގެ އަޑުން ދިވެހި ޖައްވު މި ދުވަސްތަކުގައި ގުގުމާލަމާތޯއެވެ. އެކަލާނގެ ގިނަގިނައިން ހަނދުމަކޮށް ޛިކުރުކުރުމުގައި އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކޮށް ބޭކާރު ވާހަކަތައް ދެއްކުމާއި ފިލްމާއި ސީރީސް ބެލުމާއި، ގޭމްކުޅުންފަދަ ޢަމަލުތަކުން ދުރުހެލިވުމަކީވެސް މިފަދަ ދުވަސްވަރެއްގައި މުހިއްމުކަމެކެވެ. މީގެ އިތުރުން ފަރުޟު ނަމާދުގެ ޖަމާޢަތަށް ފަރުވާތެރިވުމާއި، ވީވަރަކުން ސުންނަތް ނަމާދުތައްކުރުމާއި، ޤުރުއާންކިޔެވުމާއި، ޞަދަޤާތްދިނުމާއި މިނޫންވެސް އެންމެހާ ހެޔޮ ޢަމަލުތައް ކުރުމަކީ މި މާތް ދުވަސްތަކުގެ ދަރުމައާއި ސަވާބު އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ.

ﷲ ތަޢާލާ ލައްވާފައިވާ އެންމެ މާތް ދުވަސްތަކުގައި އެންމެހާ މުންކަރާތްތަކާއި ފާފަތަކުން ދުރުހެލިވުމަށްވެސް އަޅުގަނޑުމެން މަސައްކަތްކުރަންޖެހެއެވެ. އަދި އެފަދަ ޢަމަލުތައް ޙަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ތަކުރާރުނުކުރުމަށް ޢަޒުމް ކަނޑައަޅަންޖެހެއެވެ. މިގޮތުން، ޒަމާނުއްސުރެ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަށަގެންފައިވާ އާދައެއްކަމުގައިވާ، ޢީދުގައި ކުޅެމުންދާ އެކި ކަހަލަ ހުއްދަނޫން ކުޅިވަރު ހަރަކާތްތަކަށް ފަރިތަކުރާ ދުވަސްތަކެއްކަމުގައި މި ބިންމަތީގައި ލެއްވި އެންމެ މާތް ދުވަސްތައް ހެދިފައި އޮތުން ނިމުމަކަށް ގެނައުމަށް އެންމެހާ ފަރާތްތަކަށް ލޯތްބާއިއެކު ވަޞިއްޔަތްކުރަމެވެ.

މާތް ﷲ އަޅުގަނޑުމެންނަށް މި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުގެ ތައުފީޤުދެއްވާ އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށިއެވެ. މިފަދަ މާތް މަތިވެރި ދުވަސްތަކާއި ތަކުރާރުކޮށް ބައްދަލުވުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން!

މަސްދަރު: އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ފުރުޞަތަކަށްފަހު ފުރުޞަތެއް ދަރުސް، އިސްލާމްކިއުއޭ.އިންފޯ

ގުޅުންހުރި ލިޔުންތައް

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

އަނބި ދަރިންނާއި ފައިސާއަށްވުރެ ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާންޖެހޭ

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 3

ގުޅުންހުރި ލިޔުންތައް

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.
ދީން

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟
ދީން

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ދީން

އަނބި ދަރިންނާއި ފައިސާއަށްވުރެ ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާންޖެހޭ

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1
ދީން

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 3

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން