ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ 14 އަތޮޅަކަށް ރީދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ދ. އަތޮޅާ ދެމެދަށް މިއަދު ހެނދުނު 10:30 އިން 13:30 އަށެވެ. މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިވަގުތުގައި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުމާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެއެވެ.
މެޓު އޮފީހުންވަނީ މިއަދު ހެނދުނު 7:30 އިން 10:30 އަށްވެސް މި އަތޮޅުތަކަށް ރީދޫ ސަމާލު ނެރެފައެވެ. މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުން އިލްތިމާސްކުރެއެވެ.