Follow us on
ރ. އިންނަމާދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީގެ ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފި
| އިބްރާހިމް ރަފްހާން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ. އިންނަމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އިޢުލާންކޮށްފައިވާ ގޮތުގައި ނަން އަނބުރާ ނަގާފައިވާ ކެންޑިޑޭޓަކީ، ކެންޑިޑޭޓު ނަމްބަރު 8 ޢާއިޝަތު މީނާޒު، އިތާ ރ. އިންނަމާދޫއެވެ. މި ކެންޑިޑޭޓުގެ އިތުރުން އިތުރު 2 ކެންޑިޑޭޓަކު ނަން އަނބުރާ ނަގާފައިވާކަންވެސް މިރޭ އެ ކޮމިޝަނުންވަނީ އިޢުލާންކޮށްފައެވެ.

ނަން އަނބުރާ ނެގުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމި ތާރީޚުގައި ނުބޭއްވި ލަސްވެފައިވާތީއެވެ. އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބު އޭޕްރިލް 18 އަށް ފަސްކޮށް އެ ތާރީޙުގައިވެސް ބޭއްވޭ ގޮތް ނުވުމުން އިންތިހާބު މިހަރުވަނީ ތާރީޙެއް ނެޔް ގޮތަށް ފަސްކޮށްފައެވެ. އިންތިހާބު ބާއްވަން ޖެހޭ ތާރީޚުގައި ނުބޭއްވުނީ ކޯވިޑް 19 އާއި ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުންނެވެ.

ޚިޔާލު ފާޅުކުރައްވާ

  1. Ma's hey mee

    Haadha dheraey