ރާއްޖޭގައި އަލަށް ކޭބަލް ޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ފެބްރުއަރީ މަހު ހުރިހާ ކަސްޓަމަރުންނަށް ހިލޭ ޚިދުމަތްދޭން ނިންމައިފިއެވެ.

100 އަށްވުރެ ގިނަ ޗެނަލްތަކާއެކު އަލަށްފަށާ އެސް.އެސް ނެޓަށް ބަދަލުވުމަށް ބޭނުންވާ ދިރާގުގެ ކަސްޓަމަރުންނަށް ވަނީ ފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ. ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޖޯއިބޮކްސް ވެސް ބަދަލުކުރާކަށް ނުޖެހޭނެއެވެ.

މި ލިންކުގައި https://register.ssnet.mv/ ފޯމު ފުރާލުމުން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެސްއެސްނެޓަށް ބަދަލުވެވޭނެއެވެ. އަދި އެސްއެސްނެޓްގެ ކޯލް ސެންޓަރުގެ ނަންބަރު 1633 އަށް ގުޅާލުމުން ވެސް ފޯމު ފުރާލަދޭނެއެވެ. ފޯމު ފުރަން ޖެހޭނީ ދިރާގު ޓީވީ ރަޖިސްޓްރީކޮށްފައިވާ މީހާގެ ނަމުގައެވެ.

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އެސް.އެސް ނެޓު ވެގެންދާނީ ހެޔޮ އަގުގައި ރާއްޖެއަށް ކޭބަލް ޓީވީ ފޯރުކޮށްދޭނެ، އާއްމު ރައްޔިތުންގެ މުހިއްމު ބައިވެރިޔަކަށް ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.