Follow us on
މީދޫ ކައުންސިލުން ބާއްވާ ރައްޔިތުންގެ އާއްމު ބައްދަލުވުން ޖުލައި 31 ގައި ބާއްވަނީ
| ސައްދާމު ޙުސައިން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތަކުން ބާއްވާ ޖެހޭ ރައްޔިތުންގެ އާއްމު ބައްދަލުވުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް މީދޫ ކައުންސިލުން ހަމަޖައްސައިފިއެވެ.

ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވާ ހުކުރު ދުވަހުގެ ރޭ 20:45 ގައި މީދޫ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައެވެ. މި ބައްދަލުވުމުގައި 2021 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަގެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން ކުރިއަށްދާނެކަމަށް މީދޫ ކައުންސިލުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެލެއްވުމަކީ މީދޫ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. 

ޚިޔާލު ފާޅުކުރައްވާ