2023 ވަނަ އަހަރަށް މީދޫ ކައުންސިލުން ފަނަރަ މިލިއަން ހަތް ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

މިއަހަރަށް ސަރުކާރުގެ ބްލޮކް ގްރާންޓުގެ ގޮތުގައި މީދޫ ކައުންސިލަށް 9،717،634.55 ލިބިގެންދާނެކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. މިއަހަރުގެ ތެރޭގައި ކައުންސިލަށް އާމްދަނީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބޭނެކަމަށް ކައުންސިލުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން 15 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެއް މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.

ދަޢުލަތުން ދޭ ގްރާންޓާއެކު މިފަހަރުވެސް ފާސްކޮށްފައި މިވަނީ ބޮޑު ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.