ރ. ކިނޮޅަހުން ގެއްލިގެން ހޯދަމުންދިޔަ މީހާ ކަނޑުމަތިން ފެނިއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެމީހާ ފެނިފައިވަނީ މީދޫ އާއި އާރަށާއި ދެމެދުން ދަތުރުކުރި ޑިންގީއަކަށެވެ. އަދި މިހާރު އަންނަނީ އެމީހާއަށަ މީދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
އެރަށުން ގެއްލިފައިވަނީ ނަސީރު ނަމަކަށް ކިޔާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އެމީހާއަށް މީދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އެހާ ސީރިއަަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.