Follow us on
ޢީދު ކުޅިވަރު ކުޅުމަށް ރަސްމީކޮށް ހުއްދަ ނުދޭން މީދޫ ކައުންސިލުން ނިންމައިފި
| އިބްރާހިމް ރަފްހާން

މިދުވަސްވަރު ކޯވިޑް 19 ގެ ކޭސްތައް އިތުރުވަމުން ދާތީ މިއަހަރު ޢީދު ކުޅިވަރު ކުޅުމަކީ ކައުންސިލުން ތަރުހީބުދޭ ކަމެއް ނޫންކަމަށް މީދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު އެއްވެސް ފަރާތަކަށް ޢީދު ކުޅިވަރު ކުޅުމަށް ރަސްމީކޮށް ހުއްދަ ނުދޭން ކައުންސިލުން ނިންމާފައިވާކަމަށާއި ޢީދު ތެރޭގައި ރަށުން ބޭރުން އައިސް ގޮސްވުން އިތުރުވެދާނެތީ ގެއިން ބޭރަށް ނިކުމެ އުޅުން މަދުކުރުމާއި، ބޭރަށް ނިކުމެ އުޅޭއިރު މާސްކް އެޅުމާއި ގައިދުރުކަމަށް އިސްކަން ދިނުމަށް ކައުންސިލުން އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން ޢީދު ތެރޭގައި ދީނީ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމާއި، އެއްވުންތައް މަދުކުރުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ

  1. ވެބްސައިޓް މިހާރު ވަރަށް ފުރިހަމަ.