ރ. މީދޫގައި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުން އަންނަ އުއްމީދު ޖަމްޢިއްޔާއާއި ޕީސް ފައުންޑޭޝަން ގުޅިގެން މި ހަފްތާ ބަންދުގައި މީދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިގޮތުން މީދޫގެ އެކި މިސްކިތްތަކުގައި މިސްކިތު ދަރުސްތައް ބޭއްވުމުގެ އިތުރުން، ޕީސް ފައުންޑޭޝަން އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ’ޑޫ ޔޫ ނޯ ﷲ‘ ޕްރޮގުރާމް އަދި ނަމާދު ވޯކްޝޮޕްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ’ގޯލްޑެން ގޯލް’ގެ ނަމުގައި ރޭގައި ޒުވާނުންނަށް ހާއްސަކޮށްގެން ނޫކަށި ފޯރަމް ކުރިއަށް ގެންގޮސްފައިވާއިރު، ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަންއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އުއްމީދު އަދި ޕީސް ގުޅިގެން ކުރިއަށް ގެންދިޔަ މިސްކިތު ދަރުހެއްގެ ތެރެއިން
އުއްމީދު އަދި ޕީސް ފައުންޑޭޝަންއިން ގުޅިގެން މީގެ ކުރިންވެސް މީދޫގައި ވަނީ ކާމިޔާބު ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 2019 ވަނަ އަހަރު މީދޫގައި ބޭއްވި ލަކުސަނަ އަކީ މިހާތަނަށް މީދޫގައި ބޭއްވި މިފަދަ އެންމެ ކާމިޔާބު އެންމެ ބޮޑު އެއް ޕްރޮގުރާމްކަން ފާހަގަކޮށްލެވެއެވެ.