ޤައުމީ ޤުރުއާން މުބާރާތުގައި ރ. މީދޫ ތަމްސީލްކުރާ ކޮންމެ ދަރިވަރަކަށް ކައުންސިލް ގެ ފަރާތުން 2000 ރުފިޔާ ދިނުމަށް ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލުން މިގޮތަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ 43 ވަނަ ބައްދަލުވުމުގައެވެ. ކޮންމެ ދަރިވަރަކަށް 2000 ރުފިޔާގެ އިތުރުން ދަރިވަރުންނާއެކު ހަރަކާތްތެރިވާ އޮފިޝަލަށް 1000 ރުފިޔާ ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ރ. މީދޫ ތަމްސީލް ކުރާނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެގޮތުން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަކީ ކީ ސްޓޭޖް ފަހަކުން މައިހާ ސަޢީދު، ކީ ސްޓޭޖް ދޭކުން ހުސައިން ނާބިތު ބިން މުޙައްމަދު، ކީސްޓޭޖް އެކަކުން ޢުލްވީ ޙަސަން ފަރީދު އަދި ފައުންޑޭޝަން ސްޓޭޖުން އާޔަތު ބިންތި ޢަލީ އާދިލްއެވެ. މި ދަރިވަރުންނަކީ މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތުގައި މީދޫ ތަމްސީލްކޮށް ވަނަ ހޯދާފައިވާ ދަރިވަރުންކަންވެސް ފާހަގަކޮށްލެވެއެވެ.