މީދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މަހާރެހެނދި ފިއެސްޓާ ނެޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޓާސްއިން ހޯދައިފިއެެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސްޓާސްއިން ޒިލީގެ މައްޗަށް ކުރި ހޯދީ 22 ޕޮއިންޓު 14 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓާސްގެ އައިމިނަތު ސާޖިދާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިލީގެ ލުބުނާ ރަފީޢުއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޭރިޔާގެ އާއިޝަތު ލައިޝާ އަޒްމީލްއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ސްޓާސްގެ ޚައިރުއްނިސާ ޢަލީ، ހުދާ އަބްދުއްރަޝީދު، ޝަހީރާ މުޙައްމަދުގެ އިތުރުން ޒިލީގެ ލުބްނާ ރަފީޢު، ޖައުޒާ ރަޝީދު އަދި ޑެއިޒީގެ މަރްޔަމް ޢަލީގެ އިތުރުން ހޭރިޔާގެ އާއިޝަތު ލައިޝާ އަޒްމީލްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހޭރިޔާއެވެ.

މިއީ މީދޫ ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ނެޓުބޯޅަ މުބާރާތެވެ.