ރ. މީދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ މަހާރެހެނދި ފިއެސްޓާ ނެޓުބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގަ ސްޓާސް އަދި ޒިލީން ހޯދައިފިއެވެ.
ސްޓާސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގުރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. މިއަދު ކުޅުނު ތިން ވަނަ މެޗުގައި ޑެއިޒީގެ މައްޗަށް ސްޓާސްއިން ކުރި ހޯދީ 22 ޕޮއިންޓު 15 ޕޮއިންޓުންނެވެެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑެއިޒީގެ މަރިޔަމް ޢަލީއެވެ.
ޒިލީން ފައިނަލްގެ ޖާހަ ކަށަވަރުކުރީ މިއަދު ކުޅުނު ދެވަނަ މެޗުގައި ހޭރިޔާގެ މައްޗަށް 16 ޕޮއިންޓު 12 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިލީގެ ޖައުޒާ ރަޝީދުއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ހަވީރުއެވެ.